ސެސޭޝަން ކްލިނިކް ނުވަތަ ދުންފަތާ ދުރުވުމަށް އެހީވެދޭ ކްލިނިކްތަކުގެ އެހީތެރިކަމާއެކު މިދިޔަ އަހަރުގެ ތެރޭގައި 225 މީހުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލައިފިއެވެ.
ދުންފަތާ ދެކޮޅަށް ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުގެ ދަށުން ދުންފަތުން ސަލާމަތްވުމަށް އެދޭ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން މާލެ ސަރަޙައްދުގައި 4 ސެންޓަރާއި އަދި އަތޮޅުތަކުގެ ސިއްޙީ ފަރުވާ ފޯރުކޮށްދޭ ހުރިހާ މަރުކަޒެއްގައި ޕަބްލިކް ހެލްތުގެ ދަށުން ޤާއިމުކޮށްފައިވާ މަރުކަޒުތަކުން މިދިޔަ އަހަރުތެރޭގައި 1000 މީހުންނަށްވުރެ ގިނަ މީހުން ޙިދުމަތް ވަނީ ހޯދާފައެވެ.
ދުންފަތާ ދުރުވުމަކީ އޭގެ ބޭނުން ކުރަމުން އަންނަ ބައެއް ފަރާތްތަކަށް އެކަމުގައި ގިނަ ހުރަސްތަކެއް ކުރިމަތިވާކަމަކަށްވާތީ ދުންފަތާ ދުރުވުމަށް ސިއްޙީގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ރާއްޖޭގެ ސިއްޙީ ނިޒާމުގައި އެކަން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމް ގާއިމް ކުރުމުގެ ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރު މާލެ ސަރަޙައްދުގެ 4 ސެންޓަރުން ފަރުވާ ހޯދި 187 މީހަކު ވަނީ ދުންފަތާ އެއްކޮށް ދުރުވެފައެވެ. އަދި އަތޮޅުތަކުގެ ސިއްހީ މަރުކަޒްތަކުގައި ގާއިމްކޮސްފައިވާ މަރުކަޒް ތަކުން ހިދުމަތް ހޯދި 68 މީހަކު ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާފައެވެ.
މިގޮތުން ސެސޭޝަންގެ ފަރުވާ މިދިޔަ އަހަރު ހޯދި 1045 މީހުންގެ ތެރޭގައި ހިމެނެނީ 982 ފިރިހެނުންނާއި 63 އަންހެނުން ހިމެނެއެވެ. އަދި މީގެތެރެއިން 580 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވަނީ މާލެ ސަރަޙައްދުގައެވެ.