ސިނގިރެޓުންނަގާ ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާއަށް ކުޑަކުރަން ވިސްނަމުންދާކަމަށް ހޯމް މިނިސްޓަރ އަލީ އިހްސާނު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ ވޭޕް މަނާކުރުމުން ވޭޕް ބޭނުންކުރަމުންދިޔަ މީހުން ދުންފަތް ނުވަތަ ސިނގިރޭޓު ބޭނުންކުރަން ފަށާފާނެ ކަމަށް ބަލައި 2024 ވަނަ އަހަރު ސިނގިރޭޓުގެ ޑިއުޓީ 3.3 ރުފިޔާއިން 8 ރުފާއަށް ބޮޑުކުރި ކަމަށެވެ.
ދުންފަތުގެ އިމްޕޯޓް ޑިއުޓީ އަށް އެންމެ ފަހުން ބަދަލު ގެނައީ 2024 ގެ ނޮވެމްބަރުގަ އެވެ. އޭރު ސިނގިރޭޓުން ނަގާ ޑިއުޓީ 3.30ރ. އިން 8ރ. އަށް ބޮޑުކޮށްފައިވެ އެވެ.
ނަމަވެސް އަނެއްކާވެސް ޑިއުޓީއަށް ބަދަލުގެންނަން ސަރުކާރުން ވިސްނަމުންދާތީ، ކަމާ ގުޅުން ހުރި އިދާރާތަކާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު އިހުސާނު ވިދާޅުވިއެވެ.
މިކަމުގައި ނިންމުމެއް ނިންމުމުގައި ހުރިހާ ސްޓޭކްހޯލްޑަރުންނާ އަޅުގަނޑުމެން މަޝްވަރާތައް ކުރާނަން. އަދި މަޝްވަރާ ކުރުމަށް ފަހު، އެ ރޭޓަށް 4 ރުފިޔާއަށް ދާން އަޅުގަނޑުމެންނަށް އެއްބަސްވެވޭ ނަމަ، ރައްޔިތުންގެ މަޖިލީހަށް އެ ރެކޮމެންޑޭޝަން ސަރުކާރުން އަރުވާނެ." މިނިސްޓަރ އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރު އިހްސާނު ވިދާޅުވީ ސްޓޭކް ހޯލްޑރުންނަށް އެއްބަސްވެވޭނަމަ ސަރުކާރުން ހުށަހަޅަނީ ސިނގިރޭޓްގެ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް ކަމަށެވެ.