Screenshot
Screenshot

ވޯލްޑްކަޕް 2026: ސްޕެއިން

ސްޕެއިނަކީ މިފަހަރުގެ ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދާނެ ޓީމުތަކުގެ ތެރޭގައި ހިމެނޭ ފޭވަރިޓް ޓީމެކެވެ. ސްޕެއިނަކީ ޔޫރަޕުގެ ޗެމްޕިއަނެވެ. މިވަގުތު ފީފާ ރޭންކިންގ ދުނިޔޭގެ 2 ވަނަ ޓީމުގެ ގޮތުގައި އޮތީ ސްޕޭނެވެ. ފްރާންސް ނެގުމަށްފަހު، ސްޕެއިނަކީ ދުނިޔޭގެ އެންމެ ވަރުގަދަ ޔޫތު އެކަޑަމީ ސިސްޓަމް ހިމެނޭ އެއް ޤައުމެވެ. ސްޕޭންގެ ރަންޖީލާއެކު، 2010 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ސްޕޭންވަނީ ހޯދާފައެވެ.

ސްކޮޑް:

ކޯޗު ޑެލަފުއެންޓޭ މިފަހަރު ސްޕެއިން ޓީމު ބިނާކުރީ ޒުވާން ކުޅުންތެރިންގެ މައްޗަށެވެ. ސްޕެއިންގެ 26 ކުޅުންތެރިންގެ ސްކޮޑުގައި ބައިނަލް އަޤްވާމީ ތަޖުރިބާހުރި ކުޅުންތެރިން މަދުކަން ފާހަގަވެއެވެ. ސްޕޭނަށް ބަލާއިރު، އެންމެ އިތުބާރު ހިފޭ މެދުތެރެ އޮތީ ސްޕޭންގައިކަމުގައި ޤަބޫލުކުރަންޖެހެއެވެ. އެގޮތުން، ރޮޑްރީ އާއެކު ފަބިއަން ރުއިޒް އަދި ޕެޑްރީ ހިމެނިގެން ގޮސްފައިވާއިރު، ސަޕޯޓިން ކުޅުންތެރިންގެ ގޮތުގައި އާސެނަލްގެ ޒުބިމެންޑީ އަދި މެރީނޯ ހިމަނާފައިވެއެވެ. މިއީ، މިނިމުނު ޔޫރޯ ފުޓުބޯޅަ މުބާރާތުގައިވެސް ސްޕޭނުގެ މެދުތެރެ ބެލެހެއްޓި ކުޅުންތެރިންނެވެ. މިވަގުތު އެންމެ ބޮޑު ސުވާލެއް އުފެދިފަވަނީ، 1 ވަނަ ކީޕަރގެ މަޤާމުގެ ހައިރާކީއަށް ބަދަލު އަތުވެދާނެކަމާމެދުއެވެ. އެގޮން، އާސެނަލްގެ ކީޕަރ ރަޔާ ގެ ފޯމަށް ބަލާއިރު، އުނައި ސިމޮންއަށްވުރެ ކޯޗު އިސްކަންދިނުން ގާތީ ރަޔާއަށް ކަމުގައި ޤަބޫލުކުރެވެއެވެ. ސްޕޭންގެ ފަހަތަށް ބަލާއިރު، ލަޕޯޓޭ ފިޔަވައި، ބައިނަލް އަޤްވާމީ ފުޓުބޯޅައިގެ ތަޖުރިބާ މަދު ޑިފެންސްލައިނެއް އޮތްކަމުގައި ޤަބޫލުކުރެވެއެވެ. ސްޕޭންގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިއަކީ ކެޕްޓަން ރޮޑްރީއެވެ. އެންމެ މުހިންމު ކުޅުންތެރިއަކީ، މެދުތެރެއަށްކުޅޭ ޕެޑްރީއެވެ. ޕެޑްރީއަކީ މުޅި ސްޕޭން ޓީމު ދަނޑުމަތީގައި ބެލެންސްކުރާ ކުޅުންތެރިޔާއެވެ. މިސީޒަނުގައި ބާސެލޯނާއަށް ލީގު ކާމިޔާބު ކޮށްދިނުމުގައި ޕެޑްރީގެ ދައުރު ވަރަށް ބޮޑެވެ. ފޯވާޑް ލައިނަށް ބަލާއިރު، ލެމީން ޔަމާލްއަށް މިއީ ފުރަތަމަ ވޯލްޑްކަޕްކަމުގައިވާތީވެ، މެޗު ޕްރެޝަރު އޮންނާނެއެވެ. ނިކޯ ވިލިއަމްސްގެ މިފަހުގެ ފޯމަށް ބަލާއިރު، ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ދެއްކި ހުނަރުވެރިކަން ދެއްކިދާނެކަމާމެދު ސްޕޭންގެ މީޑިއާތަކުންވެސް ސުވާލު އުފައްދައެވެ. މުޅި ސްޕޭންޓީމުގައި، ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ތަޖުރިބާހުރި ކުޅުންތެރިން ވަރަށް މަދުކަން ފާހަގަވެއެވެ.

ގްރޫޕް ސްޓޭޖް

ސްޕޭންއިން ގްރޫޕް ސްޓޭޖު ފުރަތަމަ މެޗުގައި ވާދަކުރަންޖެހެނީ މުޅިން އަލަށް ވޯލްޑްކަޕަށް ކޮލިފައިވި ކޭޕްވާޑޭއާއެވެ. ކޭޕްވާޑޭ ވޯލްޑްކަޕަށް ކޮލިފައިވެފައިވަނީ އެފްރިކާގެ ގަދަފަދަ، މިސްރާއި ގާނާ އަދި ކެމަރޫންފަދަ ޓީމުތަށް ބަލިކޮށްފައެވެ. އަދި، މިދިޔައަހަރު އީރާން އާއި އެއްވަރުކޮށްފައިވެއެވެ. އުރުގުއޭއަކީ ސްޕޭނަށް އެންމެ ބޮޑު ޗެލެންޖެއް ކުރިމަތިކުރާނެ ޓީމުކަމުގައި ބެލެވެއެވެ. މިހާތަނަށް ވޯލްޑްކަޕް މުބާރާތްތަކުގައި ދެޤައުމުވަނީ 2 ފަހަރެއްގެ މަތީން ބައްދަލުކޮށްފައެވެ. ދެމެޗުވެސް ނިމުނީ އެއްވަރުވެގެންނެވެ. އުރުގުއޭ ޓީމަކީވެސް ތަޖުރިބާކާރު ކުޅުންތެރިން ހިމެނޭ ޓީމެކެވެ. އުރުގުއޭ ވޯލްޑްކަޕަށް ކޮލިފައިވީ ބްރެޒިލާއި އާޖެންޓީނާ އަދި ކޮލޮމްބިއާފަދަ ޤައުމުތަށް ބަލިކޮށްފައިކަމުން، އުރުގުއޭ މެޗަކީ ސްޕޭނަށް އެއްވެސް ގޮތަކަށް ފަސޭހަ މެޗަކަށް ވެގެން ނުދާނެއެވެ. އަނެއްކޮޅުން، ސައުދީ އަރަބިއާ އަކީވެސް ސްޕޭނަށް ޗެލެންޖެކެވެ. 2006 ވަނަ އަހަރުގެ ވޯލްޑްކަޕް ގްރޫޕް ސްޓޭޖުގައި ސްޕޭނަށް 1-0 ގެ ނަތީޖާއިން ސައުދީ އެރެބިއާ ބަލިކުރުން ފިޔަވައި، އަދި ބައިނަލް އަޤްވާމީ ފެންވަރުގެ ފުޓުބޯޅަ މުބާރާތެއްގައި މިދެޤައުމު ވާދައެއް ނުކުރެއެވެ.  

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *