ގއ މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރުތުތަކާ ހިލާފުވި މީހަކު ހައްޔަރުކޮށްފި

ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުން ޝަރުތުކޮށް ދޫކޮށްލާފައި ހުރި މީހަކު، ކޯޓުގެ ޝަރުތުތަކާ ހިލާފުވި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ / ނޫރީފެހި، މުޙައްމަދު ޝާވިން ޝިހާމް (25އ) އެވެ.

ފުލުހުން ބުނީ 2026 މެއި 3 ވަނަ ދުވަހު އޭނާ ހައްޔަރުކުރީ ވައްކަމުގެ މައްސަލައަކާ ގުޅިގެން ކަމަށާއި، އެ މައްސަލައާ ގުޅިގެން އޭނާ ބަންދުގައި ބެހެއްޓުމަށް ދިން 15 ދުވަހުގެ މުއްދަތު ހަމަވުމުން ކޯޓުން ޝަރުތުކުރުމަށްފަހު އޭނާ ދޫކޮށްލާފައިވަނީ މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހު ކަމަށެވެ.

ނަމަވެސް ކޯޓުގެ ޝަރުތުތަކާ ހިލާފުވި މައްސަލައާ ގުޅިގެން މެއި މަހުގެ 22 ވަނަ ދުވަހު އަލުން ކޯޓުއަމުރުގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށާއި، މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށްވަނީ އަމުރުކޮށްފައި ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *