ފުލުސް އޮފީހުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ އޮފީހުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފި އެވެ.
ފުލުހުން ބުނީ މި ބަދަޅުތަކަކީ ފުލުހުންގެ ހިދުމަތް ދިނުމުގައި ފުރިހަމަ ނަތީޖާއެއް ހާސިލުކޮށް، މަސައްކަތުގެ ފެންވަރު މަތި ކުރުމުގެ މަގުސަދުގައި ގެނެވޭ ބަދަލުތަކެއް ކަމަށެވެ.
އެގޮތުން އަލަށް ގެނައި މި ބަދަލުތަކާ ގުޅިގެން، އައު އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމުގެ މަސައްކަތާއި، ހިންގުމުގެ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، އައު އޮނިގަނޑު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.
އަދި އައު އޮނިގަނޑުގެ ދަށުން ފުލުހުންގެ ހިދުމަތްތަކާއި، ތަހުގީގުގެ ދާއިރާއާއި، އިންޓެލިޖެންސް، ފޮރެންސިކް، އޮޕަރޭޝަނަލް ސަޕޯޓް، ޓެކްނޮލޮޖީ، ޓްރޭނިންގ އަދި ކޯޕަރޭޓް ސަޕޯޓްގެ ވަނީ ކޮމާންޑްތަކެއްގެ ދަށަށް ބދަލުކޮށްފަ އެވެ.
މި ކޮމާންޑު ތަކަކީ
- އޮފީސް އޮފް ދަ ކޮމިޝަނާ
- ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް
- ޕްރޮފެޝަނަލް ސްޓެންޑަރޑްސް
- ނޭޝަނަލް އިންޓެލިޖެންސް ސަރވިސް
- އިންޓަރނަލް ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސަޕޯޓް
- ފޮރެންސިކް ސަރވިސަސް
* ސެންޓްރަލް އިންވެސްޓިގޭޝަންސް
މާލޭ ޕޮލިސް
ހުޅުމާލޭ ޕޮލިސް
ނޮދަން ޕޮލިސް
ސަދަން ޕޮލިސް
ސާވިސް ޑިވެލޮޕްމަންޓް
ސާވިސް ސަޕޯޓް
މ