ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުން ކުރާ ކަމަކީ ޒާތީ ދިރިއުޅުމާ ގުޅިފަ ހުންނަ ކަން ހައްދެއް ނެތް މިންވަރަށް މަނާކުރުމަށްފަހު ލުއިދެއްވާކަން ދެއްކުމަށް ކުރިން މަނާކުރިކަންކަން ބަދަލުކުރުން ކަމަށާއި ރައްޔިތަކަށް ފައިދާއެއްކުރާނެ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯ÷ސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރު ފާހަގަކުރެވެނީ ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުމަށް މަސައްކަތްކުރާ ސަރުކާރެއްގެ ގޮތުގައެއް ނޫން ކަމަށާއި، މި ސަރުކާރު ފާގަކުރެވެނީ ޙިލާފު ހުރިކަންކަން މަނާކޮށް ހެޑްލައިން ހަދާ ސަރުކާރެއްގެ ގޮތުގައި ކަމަށެވެ.
Dr. Muizzu ge sarukaaru faahaga mi vanee Raajeyge rayyithunnah thanavaskan hoadhaa dhinumah masaikaiy kuraa sarukaarehge gothugaeh noon. Khilaafu huri kankan manaa koh, headline hahdhavaa sarukaarehge gothuga. Cigarette nubovey varah agu bodu kuravvaifi, vape akee black market…
— Mohamed Nasheed (@MohamedNasheed) June 2, 2026
އެގޮތުން ސިނގިރެޓް ނުބޮވޭވަރަށް އަގު ބޮޑުކޮށްފި ކަމަށާއި، ވޭޕް އަކީ ހަމައެކަނި ބްލެކް މާކެޓްގައި ލިބޭ އެއްޗަކަށް ހަދައިފި ކަމަށާއި، އަދި ޝީޝާ ބޭނުންކުރުން މަނާކުރުމާއި، ސްމާޓް ފޯނު ބޭނުންކުރުން މަނާކުރަން މިސަރުކާރުން ވަކާލާތުކުރަން ފަށާފައިވާ ކަމަށެވެ.
ނަމަވެސް ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެކަންކަމަކީ ޒާތީ ދިރިއުޅުންތެރެއަށް ހައްދެއް ނެތް މިންވަރަށް ސަރުކާރުން ވަނުން ކަމަށާއި، އެއަށްފަހު ދެންހައްދަވާ ގޮތަކީ ލުއިދެއްވާކަން ދެއްކުމްށް ކުރިން މަނާކުރި ކަންކަން ބަދަލުކުރުން ކަމަށެވެ.