އަހަރުގެ މިހާތަނަށް ރާއްޖެއިން 11 މީހުން ހިމަބިއްސަށް ޕޮޒިޓިވް ވެއްޖެ

އަހަރުގެ މިހާތަނަށް ރާއްޖެއިން 11 މީހުން ހިމަބިއްސަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން  ުނެފައިވަނީ މިދިޔަ ހަފްތާގައިވެސް ހިމަބިހީގެ 2 ކޭސް ޕޮޒިޓިވް ވެފައިވާ ކަމަށާއި، އެހެންކަމުން މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިއްސަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު 11 އަށް ވަނީ އަރާފައި ކަމަށެވެ.

މީގެ ކުރިން އެޗްޕީއޭ އިން ބުނެފައިވަނީ މިހާތަނަށް ފެނިފައިވާ ކޭސްތަކާ ގުޅިގެން ކުރަމުންއަންނަ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތަކާއި ސާމްޕަލް ނެގުމުގެ މަސައްކަތްތަކުގެ ދަށުން 152 މީހުންގެ ސާމްޕަލްތައް ޓެސްޓްކޮށްފައިވާ ކަމަށެެވެ.

އަދި ބުނެފައިވަނީ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ހިމަބިއްސަށް ޝައްކުވާ ފަރާތްތަކުން ޓެސްޓް ހަދައި ނަތީޖާ ލިބެންދެން އެކަހެރިވެގެން އުޅުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހިމަ ބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި ގައިގަ ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *