ވައިގެމަގުން އެތެރެކުރި ކިލޯއެއްހާ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް (ކަސްޓަމްސް) އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ސޯޝަލް މީޑިއާގައި ބުނީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަންއުޅުނު 941 ގްރާމުގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
24 މެއި 2026 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 941 ގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.
🔹ބާވަތް: މެތަމްފެޓަމިން
🔹މަަގުމަތީއަގު: 1.8 މިލިއަން ދިވެހި ރުފިޔާ pic.twitter.com/Zikf50a8VF— Maldives Customs Service (@CustomsMv) June 2, 2026
އަދި އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބައިވަތެއްކަމަށްވާ މެތަމްފެޓަމިން ކަމަށާއި އެ ތަކެތީގެ މަގުމަތީގެ އަގު 1.8 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.