ފުވައްމުލަށް ސިޓީއާއި އައްޑޫސިޓީއަށް ވައިޓް އެލާޓް ނެރެފި

ވައިގަދަވެ ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ފުވައްމުލަށް ސިޓީއާއި އައްޑޫސިޓީއަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ކުރިން ބުނެފައިވަނީ މިއަދުގެ މެންދުރު 14:00 އިން ފެށިގެން މިރޭގެ 19:00 އަށް ފުވައްމުލަށް ސިޓީއާއި އައްޑޫސިޓީއަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވައިގަދަވެ ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓް އޮފީހުން އެ ސަރަހައްދުތަކަށް ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *