3000 މެންބަރުން ހަމަނުވާތީ ދަ ޑިމޮކްރެޓްސް އާއި އެމްއެލްއެސްޑީޕީ އުވާލައިފި

ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވާތީ ދަ ޑިމޮކްރެޓްސް ޢާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމް.އެލް.އެސް.ޑީ.ޕީ) އުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ 2 ޕާޓީ އުވާލާފައިވަނީ ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ އަދަދަށް އެ 2 ޕާޓީއަށް މީހުން ހަމަކުރުމަށް ދިން ފުރުސަތުގައި މެންބަރުން އެ އަދަދަށް ހަމަނު7ކުރެވިފައިވާތީ ކަމަށެވެ.

އެގޮތުން އެ ކޮމިޝަނުން ކޮސްފައިވާ އިއުލާނުގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި 3000 މެންބަރުން ހަމަވެފައިނުވާތީ، މިއަދުން ފެށިގެން މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމް.އެލް.އެސް.ޑީ.ޕީ) އަދި ދަ ޑިމޮކްރެޓްސް އުވާލައި އެ ޕާޓީތައް ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރުމަށް ކޮމިޝަނުން ނިންމައިފިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *