މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ދެމުން އަންނަ މާލެ ޓެކްސީ ލައިންގެ ހިދުމަތަށް އޮންލައުންކޮށް އެދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެޕް މިހާރު އެޕަލް އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭނެ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.
އެކުންފުނިން ބުނީ "މާލެ ޓެކްސީ" ލައިންގެ އެޕް މިހާރު އެޕަލް ސްޓޯރުން ލިބޭނެ ކަމަށާއި، އެގޮތުން އޮންލައިން ކޮށް އެދެވޭ މި އެޕްލިކޭޝަން އައިފޯން ގެންގުޅޭ ފަރާތްތަކަށް ކިއުއާރު ކޯޑު ސްކޭން ކޮށްގެން ނުވަތަ އެޕް ސްޓޯރުގެ ލިންކް apps.apple.com/us/app/mal%C3%A9-taxi/id6761259497 މެދުވެރިކޮށް މިހާރު އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.

އަދި އެންޑްރޮއިޑް ފޯނު ބޭނުންކުރާ ފަރާތްތަކަށް ހާއްސަ ގޫގުލް ޕްލޭ ސްޓޯރުގެ އެޕް ވެސް ވަރަށް އަވަހަށް ތައާރަފު ކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.