ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ގއ އަދި ގދ އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ކުރިން ބުނެފައިވަނީ މިއަދުގެ މެންދުރު 13:15 އިން ފެށިގެން ހަވީރު 16:00 އަށް ގއ އާއި ގދ އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
Torrential rain and thunderstorms expected in the coming hours. pic.twitter.com/VvyoSNt0h2
— Maldives Meteorology (@MetMaldives) June 4, 2026
މީގެ އިތުރުން މިއަދުގެ މެންދުރު 12:30 އިން ފެށިގެން ހަވީރު 17:30 އަށް އެ 2 އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވައިގަދަވެ ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓްވެސް ވަނީ ނެރެފައެވެ.
Alert white for heavy rain and thunderstorms with gusts of 40 mph. pic.twitter.com/JJuTFnA1mY
— Maldives Meteorology (@MetMaldives) June 4, 2026
އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައި ވެއެވެ.