އައްޑޫސިޓީ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހޮވަން ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި އެވެ.
އައްޑޫ ސިޓީއާއި މާލެ ސިޓޫގައި ޖުމްލަ 7 ފޮށި ބަހައްޓާފައިވާ މި ައި އިލެކްޝަންގެ ވޯޓުލުން 2 ސިޓީގައިވެސް މިއަދު ހެނދުނު 8:00 ގައި ވަނީ ފަށާފައެވެ.
އައްޑޫސިޓީ ހިތަދޫގައި ބެހައްޓާފައިވާ 5 ފޮއްޓާއި މާލެސިޓީގައި ބެހެއްޓި 2 ފޮށްޓަށްވެސް ވޯތުކުން ފަށާފައިވާއިރު ވޯޓްލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
މި ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 4،121 އެވެ. ސަރުކާރު ހިންގާ ޕާޓީއާއި އިދިކޮޅު މައި ޕާޓީން ކެނޑިޑޭޓުން ވާދަކުރާ މި އިންތިހާބުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ވާދަކުރަނީ އައްޑޫސިޓީގެ އެންމެ ފުރަތަމަ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ. އަދި ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވާދަކުރަނީ އަހުމަދު ސައީދު (ސޮޑާ) އެވެ.
މި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަނީ އެ ދާއިރާގެ މެންބަރު ސިނާނުގެ ސާބިތު ދަރަނީގެ މައްސަލައެއް ސާބިތުވާކަމަށް މި އަހަރުގެ އޭޕްރީލް 12 ވަނަ ދުވަހު ސްޕްރީމް ކޯޓުން އޭނާގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައެޅުމާ ގުޅިގެންނެވެ.