ފައްޔާޒް ރައީސް މުއިއްޒު އަށް: އާއިލާތަކެއް ނިކަމެތި ކޮށްގެން ތާއިދު އިތުރުވާނެ ކަމަށް ދެކިގެން ނުވާނެ!

އާއިލާތަކެއް ނިކަމެތި ކޮށްގެން ތާއިދު އިތުރުވާނެ ކަމަށް ދެކިގެން ނުވާނެކަމަށް އެމްޑީފީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ގައި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ) އަށް ތާއީދު ކުރި މުވައްޒަފަކާއި، ހައްގުވާ ފެންޝަން ފައިސާ ޖަމާ ނުކޮށްދޭ މައްސަލާގައި އިހްތިޖާޖް ކުރި 2 މުވައްޒަފަކު ވަޒީފާއިން ވަކިކުރި ލިޔުން ހިއްސާކޮށް އެކްސްގައި ފައްޔާޒް ވިދާޅުވެފައިވަނީ ދައުލަތުގެ ކުންފުނިތައް ސިޔާސީ ޖަގަހަތަކެއްގެ ގޮތުގައި ބޭނުންކޮށް އާއިލާތަކެއް ނިކަމެތި ކޮށްގެން ތާއިދު އިތުރުވާނެ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ.

އަދި އިތުރަށް އިންތިހާބަކުން ބަލިވީމާއި ބަދަލު ހިފާނީ ތާއީދު ގެއްލި ގޮތް ހުސްވުމުން ކަމަށެވެ. އަދި ދައުލަތުގެ ކުންފުނިތައް ރައީސް މުއިއްޒުގެ ސިޔާސީ ޖަގަހަތަކެއްގެ ގޮތުގައި ބޭނުންކޮށް އާއިލާތަކެއް ނިކަމެތި ކޮށްގެން ތާއިދު އިތުރުވާނެ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން ފައްޔާޒު ވަނީ ބޭއިންސާފުގެ ކުރިމަތީގައި ފަސްނުޖެހި މި ސަރުކާރު ބަލިކުރާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *