މިފްކޯގެ ބަނދަރުތަކުން މިއަދު މަސް ގަންނަނީ ކިލޯއެއް 20 ރުފިޔާއަށް ކަމަށް އެކުންފުނިން ބުނެފި އެވެ.
މިފްކޯއިން އެކްސްގައި ކޮށްފައިވާ ފޯސްޓުގައި އެ ކުންފުނީގެ މަސްގަންނަ ބަނދަރުތަކުން ކަޅުބިލަ މަހާއި ކަންނެލި ގަންނަ އަގުތައް ވަނީ ހިއްސާކޮށްފައެވެ.
އެގޮތުން ކަޅުބިލަމަސް ކިލޯއެއް 20 ރުފިޔާ އަށް، 15 ކިލޯއިން ދަށުގެ ކަންނެލި ކިލޯއެއް 20 ރުފިޔާ އަށް އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް 25 ރުފިޔާއަށް އެވކުންފުނީގެ މަސްގަންނަ ހުރިހާ ބަނދަރަކުން ގަންނަމުންދާނެ ކަމަށް ބުނެފައި ވެއެވެ.

މިފްކޯއިން މަސައްކަތްކުރަނީ ސަރުކާރުގެ ސިޔާސަތުތަކާއެއްގޮތަށް މަސްވެރިންގެ އަތުން މަސް ގަންނަ އަގު އެންމެ މަތިކުރުމަށްކަމަށް މިފްކޯއިން އޭރުވަނީ ވިދާޅުވެފައެވެ.
މަސްވެރިކަން ދަށްވުމާއެކު މިފްކޯއިން މިހާރު މިވަނީ އެވްރެޖްކޮށް އަމިއްލަ ކުންފުނިތަކުން މަސްގަންނަ އަގުތަކަށްވުރެވެސް އަގުތައް މަތިކޮށްފައެވެ. އެގޮތުން އާދިއްތަ ދުވަހު މިފްކޯއިން މަސް ގަނެފައިވަނީ ކިލޯއެއް 18.50 ރުފިޔާއަށެވެ.
އެކުންފުނީގެ ފެލިވަރު، ކޫއްޑޫ އަދި އައްޑޫގައި ޤާއިމުކޮށްފައިވާ ކާރުހާނާތަކުގެ އިތުރުން ގދ.ތިނަދޫ، ފަރެސްމާތޮޑާ، ގައްދޫ އަދި ފުވައްމުލައް ސިޓީގެ ބަނދަރުން މިއަދު މިއަގުތަކުގައި މަސްގަންނަމުންދާނެކަމަށެވެ.