ދ މީދޫ ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީގެ ސުހާ ކާމިޔާބުކޮށްފި

ދ. މީދޫ ކައުންސިލް ރައީސަކު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ.

މިއަހަރުގެ އޭޕްރީލް 6 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ދ މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރެއްވި ޕީއެންސީގެ ކެނޑިޑޭޓާއި އެމްޑީއޭ ގެ ކެނޑިޑޭޓުގެ ވޯޓު އެއްވަރުވުމާ ގުޅިގެންނެވެ.

ވޯޓު އެއްވަރުވީ އެ އިންތިހާބުގައި އެރަށުގައި ބެހެއްޓި ދ.މީދޫ-2 ނަންބަރު ވޯޓު ފޮށީގެ މީދޫ ދާއިރާގެ 1 ވޯޓު ކަރުދާސް ސައްޙަ ކަމަށް ކަނޑައަޅައި ޙުކުމްކުރުމާއި ގުޅިގެން ކައުންސިލް ރައީސްގެ މަޤާމަށް އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ ޢަދަދަށްވުރެ ގިނަ އަދަދެއްގެ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީއެވެ.

އެމްޑީއޭގެ ފަރާތުން މުހައްމަދު ޝާހިދު އާއި ޕީއެންސީގެ ފަރާތުން ސުހާ އިބްރާހިމް ވާދަ ކުރި މި އިންތިހާބުން ޕީއެންސީ މޮޅުވެފައިވަނީ 80 ވޯޓުގެ ތަފާތުންނެވެ.

އިންތިހާބުގެ މިހާރުގެ ނަތީޖާ ދައްކާ ގޮތުން 3 ފޮށިން ވެސް ކުރީގައި އުޅެނީ ސުހާއެވެ. އެގޮތުން މީދޫގައި ބެހެއްޓި 1 ފޮށިން ސުހާއަށް 145 ވޯޓު ލިބިފައިވާއިރު، ޝާހިދުއަށް ލިބިފައިވަނީ 128 ވޯޓެވެ. 2 ވަނަ ފޮށިން ސުހާއަށް 149 ވޯޓު ލިބިފައިވާއިރު، ޝާހިދަށް ލިބިފައިވަނީ 129 ވޯޓެވެ.

މި އިންތިހާބުގައި ސުހާއަށް ޖުމްލަ 529 ވޯޓު ލިބުނުއިރު، ޝާހިދަށް ލިބިފައިވަނީ 449 ވޯޓެވެ. އެހެން ކަމުން ސުހާ މި އިންތިހާބު ކާމިޔާބުކޮށްފައިވަނީ 80 ވޯޓުގެ ތަފާތުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *