އޭޝިއާ ރީޖަން ލޯ އެންފޯސްމަންޓް މެނޭޖްމަންޓް ޕްރޮގްރާމްގައި ދިވެހި ފުލުހުންގެ ދެ އޮފިސަރަކު ބައިވެރިވެއްޖެ

އޭޝިއާ ރީޖަން ލޯ އެންފޯސްމަންޓް މެނޭޖްމަންޓް ޕްރޮގްރާމްގައި ދިވެހި ފުލުހުންގެ ދެ އޮފިސަރަކު ބައިވެރިވެއްޖެ އެވެ.

އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް (އޭ.އެފް.ޕީ) އިން އިންތިޒާމްކޮށްގެން ވިއެޓްނާމްގައި ކުރިއަށްގެންދިޔަ "އޭޝިއާ ރީޖަން ލޯ އެންފޯސްމަންޓް މެނޭޖްމަންޓް ޕްރޮގްރާމް" ގައިބައިވެރިވެފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަޞީޙް އާއި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް އެވެ.

 ޖޫން 2 އިން 10 އަށް ކުރިއަށްދިޔަ މި ޕްރޮގްރާމަކީ ސަރަހައްދީ ފެންވަރުގައި ކުރިމަތިވާ ސަލާމަތީ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ ހުނަރުތައް ތަރައްގީކުރުމަށްޓަކައި، ސަރަހައްދުގެ ގައުމުތަކުގެ ތަންފީޒީ އިދާރާތަކުގެ އޮފިސަރުންނަށް އަމާޒުކޮށްގެން ހިންގި ތަމްރީނު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކުގެ ޑިޖިޓަލް ފުޓްޕްރިންޓާއި، ޓެކްނޮލޮޖީގެ ދާއިރާއިން އަލަށް ތައާރަފުވަމުންދާ ކަންކަމުގެ އިތުރުން، ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ހިންގާ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރާނެ އުކުޅުތަކުގެ މައްޗަށެވެ.

މީގެ އިތުރުން، ބަދަލުވަމުންދާ ކުށުގެ ވެށީގައި ސަރަހައްދީ ގުޅުން ބަދަހިކޮށް، އެކުގައި މަސައްކަތް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުންތަކުގައި މަޝްވަރާކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *