ޑޮލަރު ކާޑުން މުއާމަލާތްތައް ކުރާފަރާތްތަކުގެ ތެރެއިން ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް 1،000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފި އެވެ.
އެ ބޭންކުން ބުނީ ކުރިއަށް އޮތް ހަފްތާގެ ނިއަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ކޮންމެ ދުވަހަކުވެސް އެ ބޭންކުގެ ޑޮލަރު ޑެބިޓް ކާޑުން ވިޔަފާރިކުރާ ފަރާތްތކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް 1000 ޑޮލަރު ލިބޭނެ ކަމަށެވެ.
އެގޮތުން މި ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި އެ ބޭންކުގެ ޑޮލަރު ޑެބިޓް ކާޑަކަށް އެޕްލައިކުރަން ޖެހޭނެ ކަމަށާއި، އަދި އެ ކާޑުން މަދުވެގެން 100 ޑޮލަރުގެ މުއާމަލާތްތައް ކުރަންޖެހެ ކަމަށްވެސް އެ ބޭންކުން ބުނެއެވެ.