ފުލުހުންގެ ފަސްޓްލައިން މެނޭޖުމަންޓް ކޯހުގެ 16 ވަނަ ބުރު ފަށައިފިއެވެ.
ފުލުހުން ބުނީ މާލެ ޕޮލިހުގެ ފުލުހުންނަށް ހާއްސަކޮށްގެން މިފަހަރު ކުރިއަށްދާ މި ކޯސް ކުރިއށް ދާނީ މި މަހުގެ 13 އިން ފެށިގެން 1 މަސްދުވަހުގެ މުއްދަތަށް ކަމަށާއި، މި ކޯހުގައި މާލެ ޕޮލިހުގެ ދަށުން ހިންގާ އެކި ޑިޕާޓްމަންޓުތަކުން ޖުމުލަ 25 ފުލުހުން ބައިވެރިވެފައިވާ ކަމަށެވެ.
އަދި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި މާލެ ޕޮލިސް ގުޅިގެންދާ ފަސްޓްލައިން މެނޭޖުމަންޓް ކޯހަކީ ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންނާއި ސުޕަވައިޒަރުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ.
އެގޮތުން މި ކޯހުގެ މަގުސަދު ތަކުގެ ތެރޭގައި، ފުލުހުންގެ ހިދުމަތް އިތުރަށް ކުރިއަރުވައި، ޕްރޮފެޝަނަލް ހިދުމަތެއް ދިނުމަށް ބޭނުންވާ އިލްމާއި، ވިސްނުމާއި ހުނަރު އިތުރުކުރުވުމާއި އަދި ރައްޔިތުންނަށް ފޯރުކޮށްދެވޭ ހިދުމަތް ހަރުދަނާކުރުމާއި ސުޕަވައިޒަރުންގެ ގޮތުގައި މަސައްކަތްކުރާ ފުލުހުންގެ ގާބިލުކަން އިތުރުކުރުން ހިމެނޭ ކަމަށްވެސް ފުލުހުން ބުނެއެވެ.