ސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ފަށްޓަވައިދެއްވައިފި އެވެ.
އެކަމަށއޓަކައި ބާސެލޯ ނަސަންދުރާގައި ކުރިއަށްދާ ރަސްމިއްޔާތުގައި ރައީސއ ޑރ މުއިއްޒު ވަނީ ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ލޯންޗްކޮށްދެއްވާފައެވެ.
އުރީދުއާ ގުޅިގެން ޕާޓްނާޝިޕެއްގެ ދަށުން ރާއްޖެއަށް ތައާރަފްކުރި މި ހިދުމަތަކީ ރައީސް ޑރ މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
މި ރަސްމިއްޔާތު ތައާރަފް ކޮށްދެއްވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޝާދީ ޤަވަސްމީ ވިދާޅުވީ، އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ޕޭޕަލްގެ ޚިދުމަތް ދެވެން ފެށުމަކީ ރާއްޖޭގެ އިގުތިސާދު ކުރިއަރުވައި ދުނިޔޭގެ އެހެން ގައުމުތަކާ އެއް ހަމައެއްގައި ވިޔަފާރިތަކަށް ހިތްވަރުދީ ވަރުގަދަ ރާއްޖެއެއް ބިނާކުރަން އެޅުނު މުހިންމު ބިންގަލެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ޕޭޕަލް ގެ ނައިބު ރައީސް އަދި ޖެނެރަލް މެނޭޖަރު އާމިރު ވިލިއާނީ ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕޭޕަލްގެ ނައިބް ރައީސް ވިދާޅުވީ ޕޭޕަލްގެ ޒަރިއްޔާ އިން ރާއްޖޭގައި އިތުބާރު ކުރެވޭ މާލީ މުއާމަލާތްތަކެއް ގާއިމު ކުރެވުމަކީ މީހުންނާއި ވިޔަފާރިތައް ގުޅުމަށް ހުޅުވިގެންދާ މުހިންމު ދޮރެއް ކަމަށެވެ.
ޕޭޕާލް މެދުވެރިކޮށް އިންވާޑް ރެމިޓެންސް ލިބުމުގެ ހުއްދަ އުރީދޫގެ ފިންޓެކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދީފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.