އިލެކްޝަން ކޮމިޝަން (އީސީ) މެންބަރުކަމަށް ހައްޖު ކޯޕަރޭޝަނުގެ އެމްޑީ ޝަކީލް އައްޔަނުކުރަން ފޮނުވައިފި އެވެ.
ހައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޝަކީލް އަކީ ކުރިންވެސް އެ ކޮމިޝަނުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ހަމްދާން ވަނީ އެ ކޮމިޝަނުގެ ޑިރެކްޓަ ޖެނެރަލްގެ މަގާމު ވެސް އަދާކުރައްވާފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުގެ މަޤާމު ހުސްވީ އެ ކޮމިޝަނުގެ ރައީސްގެ މަޤާމުގައި ހުންނެވި ޒާހިދު އެ ކޮމިޝަނުގެ މެންބަރު ކަމުގެ މަޤާމުން މި އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.