އެއްވެސް ތަނެއްގައި ކުޅިވަރު ކުޅެމުންދަނިކޮށް ބަންގި ގޮވުމުން، ރައީސް ގެ ނިންމެވުމާ އެއްގޮތަށް ނަމާދުކުރުމަށް 20 މިނިނެޓަށް ކުޅުން މެދު ކަނޑާލަން އަންގައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް ކުޅިވަރު ކުޅޭ ތަނަތނުގައި ނަމާދު ކުރެވޭ ގޮތަށް ހަމަޖައްސައި ކުޅިވަރު ކުޅެމުންދާ ވަގުތު ބަންގި ގޮވުމުން ނަމާދު ބުރޭކް ދިނުމަށް ސްޕޯޓްސް މިނިސްޓްރީން އަންގައިފި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް އަންގައިފިއެވެ.

މި މަހުގެ ފުރަތަމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސް ޑރ މުއިއްޒު ހާމަކުރެއްވި މިނިންމެވުމާ ގުޅިގެން ސްޕޯޓްސް މިނިސްޓްރީން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވަނީ ކުލަބް، އެކަޑަމީތަކާއި އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދާ ކުޅިވަރުގެ ހަރަކާތްތައް ހިމެނޭހެން ރާއްޖޭގައި ކުޅިވަރު ކުޅޭ އެންމެހާ ތަނެއްގައި ނަމާދަށް ގޮވުމާއި އެކު، 20 މިނިޓް ވަންދެން ހުރިހާ ކުޅިވަރު ހަރަކާތްތައް މެދުކަނޑާލުން ތަންފީޒުކުރަމުން ގެންދިއުމަށެވެ.

އަދި ސާކިއުލާގައި ބުނެފައިވަނީ އެ ކަމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި، އެހެންކަމުން އެސޯސިއޭޝަންތަކުގެ ބެލުމުގެ ދަށުން ހިންގާ ހުރިހާ ހަރަކާތްތަކެއްގައި މިކަން ތަންފީޒުކުރުމަށް އެ މިނިސްޓްރީން އަންގާ ކަމަށެވެ.

ރައީސް ކުރިން ވިދާޅުވެފައިވަނީ ކުޅިވަރުގެ ތެރޭގައި އުޅޭއިރު ނަމާދު ގަޑިޖެހިގެން ގޮސް ގަޑި ފާއިތުވާއިރުވެސް ކުޅިވަރު ކުޅުމުގެ ތެރޭގައި އުޅުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށްވީ ނަމަވެސް ޒަމާނުއްސުރެ ރާއްޖޭގައި އެކަން ހިނގަމުންދަނީ އެހެން ކަމަށާއި ނަމަވެސް މިހާރު ސަރުކާރުން އަޅާފައި ހުރި ކުޅިވަރުގެ އެކި ފެސިލިޓީތަކުގައި ޒަމާނީ ވަސީލަތްތަކާއެކު ނަމާދުކުރެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސެވުމަށް ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން ގާއިމުކުރެވޭ ތަންތަނުގައި ވުޟޫކުރެވޭނެ ގޮތްވެސް ހަމަޖެހޭނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *