މެސީގެ ވޯލްޑް ކަފް ފުރަތަމަ ހެޓްރިކާއެކު ވޯލްޑު ކަޕްގައި އެންމެގިނަ ގޯލް ޖެހުމުގެ ރެކޯޑާ ހަމަކޮށްފި

މެސީގެ ވޯލްޑް ކަފް ފުރަތަމަ ހެޓްރިކާއެކު ވޯލްޑު ކަޕްގައި އެންމެ ގިނަ ލަނދުޖެހުމުގެ ރެކޯޑާ ހަމަކޮށްފި އެވެ.

ވޯލްޑްކަޕްގައި އަލްޖީރިއާ ބައްދަލުކުރި މެޗުގައި މެސީ އާޖެންޓީނާ އަށް ކާމިޔާބުކޮށްދިން 3 ގޯލާ އެކު ވޯލްޑު ކަޕްގައި އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ޖަރުމަންގެ މިރޮސްލާވް ކްލޯސާ ގެ ރެކޯޑާ އެއްވަރު ކޮސްފައެވެ.

ޖަރުމަނު ގެ ގައުމީ ޓީމަށް 2002 އިން 2016 އަށް ކުޅުނު ކޮލޯސާ އެ ރެކޯޑް ހަދާފައިވަނީ ވޯލްޑްކަޕްގައި 16 ގޯލް ކާމިޔާބުކޮށްގެންނެވެ. އަދި މެސީ އެ ރެކޯޑާ ހަމަކޮށްފައި މިވަނީ މެސީ ވޯލްޑްކަޕް ގައި ފެނިގެންދިޔަ 27 ވަނަ މެޗުގައެވެ. އަދި މެސީގެ މިއަދުގެ މެޗަކީ އާޖެންޓީނާގެ ގައުމީޓީމަށް އޭނާ ކުޅުނު 200 ވަނަ މެޗެވެ. މި އައަދުގެ ހެޓްރިކާ އެކު މެސީ ގައުމީ ޓީމަށް ކާމިޔާބުކޮސްދިން ގޯލުގެ އަދަދު ވަނީ 120 އަށް އަރާފައެވެ.

މީގެ އިތުރުން މިއަދުގެ މެޗާއެކު މެސީ ވަނީ 6 ވޯލްޑްކަޕް ކުޅުނު ފުރުތަމަ ކުޅުންތެރިޔާގެ ރެކޯޑްވެސް ގާއިމް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *