ކެފޭ ރެސްޓޯރަންޓްތަކާއި ރިސޯޓުތަކަށް ގޭސް ވިއްކާ އަގު ބޮޑުކޮށްފި

ކެފޭ ރެސްޓޯރަންޓް ތަކާއި ރިސޯޓުތަކަށް މޯލްޑިވްސް ގޭހުން ގޭސް ވިއްކާ އަގު ބޮޑުކޮށްފި އެވެ.

އެކުންފުނިން ގޭހުގެ އަގަށް މި ގެނައި ބަދަލުގައި ގޭބީސީ ތަކަށް ވިއްކާ ގޭހުގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

އަލަށް ގެނައި ބަދަލުތަކާއެކު ކެފޭ ރެސްޓޯތރަންޓް ތަކަށް ވިއްކާ 45 ކިލޯގެ ގޭސްފުޅީގެ އަގަށް 25 އިންސައްތަ އިތުރުކޮށް 22 ކިލޯގެ ގޭސްފުޅީގެ އަގަށް 15 އިންސައްތަ ވަނީ އިތުރުކޮށްްފައެވެ.

މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ތެލާއި ގޭހުގެ އަގު ދުނިޔޭގެ ބާޒާރުގައި ބޮޑުތަނުން އުފުލުނެވެ، ނަމަވެސް މޯލްޑިވް ގޭހުން ވަނީ ގޭބިސީތަކަށް ވިއްކާ ގޭހުގެ އަގު ބޮޑުނުކޮށް އެއްވެސް ދަތިކަމެއްނެތި ރައްޔިތުންނަށް ގޭސް ފޯރުކޮށްދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *