މިލިއަނަކަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކޮށްފި

އަހަރުގެ މިހާތަނަށް މިލިއަނަކަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޓޫރިސްޓް އެރައިވަލްސް ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް  1,007,009 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި 1,059,709 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު މިވއަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5 އިންސައްތައިގެ ދަށްވުމެކެވެ.

މިއަހަރުގެ މިހާތަނަށއ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރީ ޗައިނާއިންނެވެ. ޗައިނާ އިން މިހާތަނަށް 155،946 ޓޫރިސްޓުން އައިސްފައި ވާއިރު، ދެވަނައިގައި އޮތް ރަޝިއާއިން 138،859 ޓޫރިސްޓުން އަދި ތިން ވަނައިފައި އޮތް އިނގިރޭސިވިލާތުން 83،389 ޓޫރިސްޓިން ވަނީ ޒިޔާރަތްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *