"ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސީރީޒް" ގެ ނަމުގައި ފުލުހުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށައިފި

ދިިވެހި ފުލުހުންގެ ޚިދުމަތުގެ މިޑުލް މެނޭޖްމަންޓުގައި މަސައްކަތްކުރާ އޮފިސަރުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށްޓަކައި "ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސީރީޒް" ގެ ނަމުގައި ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.

މި މަހުގެ މަހުގެ 18 ވަނަ ދުވަހު ފެށި މި ޕްރޮގްރާމުގެ މަގުސަދަކީ އޮފިސަރުންގެ ލީޑަރޝިޕް ހުނަރާއި، އިދާރީ ހިންގުމާއި، ކަންކަމުގައި ނިންމުންތައް ނިންމުމުގެ ގާބިލުކަން ތަރައްގީކުރުމާއި ނަފުސާނީ ދުޅަހެޔޮކަން ވަރުގަދަކުރުމެވެ.

މަހަކު އެއް ސެޝަން ނުވަތަ ދެ ސެޝަން ހިމެނޭހެން ކުރިއަށްގެންދާ މި ތަމްރީނުތަކުގައި ސްޓްރެޓީޖިކް ލީޑަރޝިޕް، އަހުލާގީ މިންގަނޑުތައް އަދި ޓެކްނޮލޮޖީ ފަދަ މުހިންމު ދާއިރާތަކުން އެކި މާހިރުން ބައިވެރިވެ ފުލުހުންނަށް ތަމްރީނުދޭނެ ކަމަށް ފުލުހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *