ފެރިދޫއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި އެވެ.
މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އއ. ހިމަންދޫ / ހިރުދުގަސްދޮށުގެ، ޙަސަން ޢަރީބް (23އ) އެވެ.
ފުލުހުން ބުނީ މާލެއިން އއ. އަތޮޅަށް ދަތުރުކުރަމުންދާ ލޯންޗެއްގައި އޭނާ މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ފެރިދޫ ޕޮލިހާއި މާޅޮހު ޕޮލިސް ގުޅިގެން މިމަހުގެ 11 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި އޮޕަރޭޝަނުގައި އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު
މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓާއި ތިން ސެލޯފިންކޮޅު ފެނިގެން ފެނިފައިވާކަމަށްވެސް ފުލުހުންވބުނެއެވެ.
މި މައްސަލައި ބަންދާމެދު ގޮޔެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް އޭނާ ބަންދުކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.