ފަތުރުވެރިކަމުގެ އޮފްސީޒަނުގައި ބޭންކުތަކަށް އެމްއެމްއޭ އިން ދޫކުރާ ޑޮލަރު 25 އިންސައްތަ އިތުރުކުރަން ނިންމައިފި

ފަތުރުވެރިކަމުގެ އޮފްސީޒަންގައި ބޭންކުތަކަށް މޯލްޑިވްސް މަނިޓަރީ (އެމްއެމްއޭ) އިން ދޫކުރާ ޑޮލަރު 25 އިންސައްތަ އިތުރުކުރަން ނިންމައިފި އެވެ.

އެމްއެމްއޭ އިން ބުނީ އެ ނިންމުމަކީ ފަތުރުވެރިކަމުގެ އޮފް ސީޒަންގައި ބޭނުންތަކަށް ދިމާވެދާނެ ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ނިންމި ނިންމުމެއްކަމަށާއި، އެހެންކަމުން މި މަހުގެ 28 އިން ފެށިގެން ކުރިއަށް އޮތް 3 މަހު ކޮންމެ ހަފްތާއަކު ބޭންކުތަކަށް ޑޮލަރު ވިއްކާ މިންވަރު 25 އިންސައްތަ އިތުރުކުރާނެ ކަމަށެވެ.

މީގެ އިތުރުން އެމްއެެމްއޭ އިން ބުނީ ފަތުރުވެރިކަމުގެ އޮފް ސީޒަނުގައި ބޭންކް ތަކަށް ލިބޭ ޑޮލަރުގެ ނިސްބަތް މަދުވި ނަމަވެސް ވިޔަފާރިބޭނުމާއި އެހެނިހެން ކަންކަމުގައި ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ޑޮލަރުގެ ޑިމާންޑް އެއްވަރެއްގައި ހުންނަ ކަމަށާއި އެހެންކަމުން ބޭންކުތަކަށް ކުރިމަތިވާނެ އެ ދަތިކަން ހައްލުކުރުމަށް އެޅި ފިޔަވަޅެއް ކަމެއް ކަމަށްވެސް އެމްއެމްއޭ އިން ބުނެއެވެ.

އަލަށް އަމަލުކުރަންފެށި ބޭރުފައިސާގެ މުއާމަލާތްތަކާ ގާނޫނުގެ ސަބަބުން އެމްއެމްއޭ އަށާއި ބޭންކުތަކަށް ޑޮލަރު ލިބޭ ނިސްބަތް އިތުރުވެފައިވާއިރު 2025 ވަނަ އަހަރާއި އަޅާބަލާއިރު 2026 ވަނަ އަހަރުގެ ފުރަތަމަ 5 މަހު އެމްއެމްއޭއިން ވިޔަފާރިތަކަށް އަދި އާންމުންގެ އެކި ބޭނުންތަކަށް ބޭންކްތައް މެދުވެރިކޮށް ވިއްކާފައިވާ ބޭރުފައިސާ މިންބވަރުވަނީ 72 އިންސައްތަ އިތުރުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *