އައްޑޫސިޓީގައި އެންސްޕާގެ ކޯލްސެންޓަރެއް ގާއިމް ކޮށްފި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ކޯލް ސެންޓަރެއް، އެންސްޕާ އައްޑޫ ސިޓީ އޮފީހުގައި ޤާއިމްކޮށްފި އެވެ.

ހެލްތު މިނިސއޓްރީން ބުނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 10:00 އާ ހަމައަށް ކޯލްސެންޓަރުންވހިދުމަތް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައި ކަމަށެވެ.

އެންސްޕާއިން ބުނީ އެންސްޕާގެ ހޮޓްލައިން ނަންބަރު '1402′ އަށް ގުޅައިގެން މައުލޫމާތު ސާފުކުރުމުގެ އިތުރުން ވަން ގަވް މެދުވެރިކޮށް ވެސް އެންސްޕާގެ ފޯމު މިހާރު ހުށަހެޅޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައި ކަމަށެވެ.

އެގޮތުން ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމާއި، ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދޭ މާލީ އެހީ އާއި، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެވޭ ޚިދުމަތްތަކާއި، ތެލެސީމިއާ އެލަވަންސާއި، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުން ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ދޭ އެހީގެ ޕްރޮގްރާމާއި، ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތަށް ދޭ މާލީ އެހީގެ ޕްރޮގްރާމަށް ވަންގަވް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އެންސްޕާ އިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *