މަތީ އަރުތަވެރިންގެ އިނާމު 2025 ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ޝަރަފުވެރިކޮށްދެއްވައިފި

މަތީ އަރުތަވެރިންގެ އިނާމު 2025 ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޝަރަފުވެރިކޮށްދެއްވައި އެވެ.

ރައީސުލްޖުމްހޫރިއްޔާ ރޭ ޝަރަފުވެރިކޮސްދެއްވީ އަރުތަވެރިންގެ އިނާމު 2025 ގެ 5 ވަނަ ދަންފަޅިއެވެ. މި ދަންފަޅިއަކީ އެންމެ ޝަރަފްވެރި އެވޯޑުތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ޙަވާލުކޮށްދެއްވުމަށް ބޭއްވި ދަންފަޅިއެވެ.

ހުޅުމާލޭގައި ހުންނަ ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްސީ) ގައި ރޭބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޘާނަވީ އަދި މަތީ ޘާނަވީ އިމްތިހާނުތަކުގެ ވަކި ވަކި މާއްދާތަކުން މުޅި ރާއްޖެއިން އެންމެ 1 ވަނަ ހޯދި ދަރިވަރުންނަށާއި، ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން "ހައި އެޗީވްމަންޓް އެވޯޑު" ހޯދި ދަރިވަރުންނަށާއި، ޘާނަވީ އިމްތިޙާނުން "އައުޓްސްޓޭންޑިން އެވޯޑް" އަދި މަތީ ޘާނަވީ އިމްތިޙާނުން "އައުޓްސްޓޭންޑިން ކެމްބްރިޖް ލަރނަރ އެވޯޑް" އާއި "ހައި އެޗީވަރޒް ސްކޮލަރޝިޕް" ހޯދި ދަރިވަރުންނަށްވެސް އިނާމު ހަވާލުކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *