ހޯރަފުށީގަ ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒުގައި ތިބި ކުދިންތަކެއް ރަށުތެރެެއަށް އަރައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

ހޯރަފުށީގަ ހުންނަ ހާފްވޭ ހައުސް (ކުޑަކުދިން ބަލަހައްޓާ މަރުކަޒު) ގައި ތިބި ކުދިންތަކެއް ރަށުތެރެެއަށް އަރައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުންވެސް ވަނީ ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި ތިބި 3 ކުދިން އެ މަރުކަޒުން ނުކުމެ، އެ ރަށު މީހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ މައްސަލައެއް ރިޕޯޓެއް ކޮށްފައިވާކަމަށް ބުނެފައެވެ.

ހއ. ހޯރަފުށީގައި ހުންނަ ހާފްވޭހައުސްގައި ތިބި ކުދިން އެތަނުން ނުކުމެ އެ ރަށު މީހަކަށް ވަރަށް ބޮޑަށް އަނިޔާކޮށް ފަޅުގެއަކަށް އެއްލާލާފައި އޮއްވައި ފެނިއްޖެ އެވެ.

މި ހާދިސާގައި ޒަހަމްވެފައިވާ މީހާ ފަޅުގެއިން ނެރެގެންގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯސަލް މީޑިއާގައި ދައުރުވަމުންދާއިރު އެ ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 30 އަހަރުގެ މީހަކަށް ކަމަށްވެސް ރިޕޮޓްކޮސްފައި ވެއެވެ.

އޮންލައިން ނިއުސް "މިހާރު" އަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު އަސްފާމް މައުލޫމާތު ދެއްވާފައިވާ ގޮތުން އެކުދިން ހާފުވޭ ހައުސް އިން ނިކުމެގެން ގޮސްފައިވަނީ ހާފްވޭ ހައުސް އާއި ދިމާލު ގޮނޑުދޮށުގައި މަސްބާނަން ކުރި މީހަކަށެވެ.

އަސްފާމް ވިދާޅުވެފައިވާ ގޮތުން އެކުދިން އެމީހާ އާއި ޒުވާބުކުރުމަށްފަހު އެމީހާ ފަހަތުން ދުވަން ފެށުމުން އެމީހާ ގޮސްވަނީ އެ ހިސާބުގައި ހުރި ފަޅުގެއަކަށެވެ. އަދި އެމީހާއަށް އަނިޔާދީ ޒަހަމްކޮށްލާފައިވަނީ އެ ފަޅުގެ ތެރޭގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *