މަސްތުވާތަކެއްޗާއެކު ދުވާފަރުން 2 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ދުވާފަރުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެދެމީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފުލުހުންގެ ނާކޮޓިކްސް އިންޓެލިޖެންސް އާއި ދުވާފަރު ޕޮލިހުން ގުޅިގެން މި މަހު 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި މި ދެމީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ސެލޯފިންކޮޅު މި މީހުންގެ އަތުން ފެނިފައިވާތީ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ވިދުވަރު / ރ.އިންނަމާދޫ ، މުޙައްމަދު ސަމޫހް (25އ) އާއި ރޯޝަން / މިސްކިތްމަގު، ޏ.ފުވައްމުލައް، އިބްރާހީމް ޞަލާޙު (32އ) އެވެ. އަދި މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު ސަމީހު 10 ދުވަހަށް އަދި އިބްރާހީމް ސަލާހް 12 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށްވެސް ފުލުހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *