މަސްތުވާތަކެތި ބޭނުންކުރުމުގެ ޙިދުމަތްދޭތީ މަރަދޫއިން ބަންދުކުރި ގެއަށް ވަދެތިބި 2 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކުރުމުގެ ޙިދުމަތްދޭތީ މަރަދޫއިން ބަންދުކުރި ގެއަށް ވަދެތިބި 2 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ބޭނުންކުރުމަށާއި އެ ތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރަމުންދާ މައްސަލައާއި ގުޅިގެން ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން 90 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްްފައިވާ އެރަށު އުންމީދު ގެއަށް ވަދެ ތިބި 2 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް އެ ގެއަށް ވަދެ ތިއްބައި، ހައްޔަރުކޮށްފައިވަނީ ސ.މަރަދޫފޭދޫ / އުއްމީދީވިލާ، އަޙްމަދު ޝަރަތު (32އ) އާއި ސ.މަރަދޫފޭދޫ / ފަރިވިލާ، ޢާއިޝަތު ސަލީމް (37އ) ކަމަށްވެސް ފުލުހުން ބުނެއެވެ.

އެ ރަށު އުންމީދުގެ ބަންދުކުރަން މަރަދޫ މެޖިސްޓްރޭޓް ކޯޓުން 90 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްްފައިވަނީ 15 ވަނަ ދުވަހު އެވެ.

އެ ގެއަށް ކޯޓު އަމުރާ ހިލާފަށް ވަދެތިބި 2 މީހުން ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް އެ މީހުން ބަންދުކުރުމަށް އަމުރުކޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *