ހުޅުމާލޭގައި 1000 ހައުސިންގ ޔުނިޓް އަޅަން 5 ކުންފުންޏަކާ ހަވާލުކޮށްފި

ސަރުކާރުން ހިންގާ އެފޯޑަބަލް ހޯމް އޯނަރޝިޕް ޕްރޮގްރާމުގެ ދަށުން ހުޅުމާލެ ފޭސް-3ގައި 1،000 ހައުސިން ޔުނިޓު ތަރައްޤީކުރުމަށް ދިވެހި 5 ކުންފުންޏަކާ ޙަވާލުކޮސްފި އެވެ.

ހައުސިންގ މިނިސްޓްރީން ބުނީ މި 5 ކުންފުންޏަކީވެސް ސައްތައިން ސައްތަ ދިވެހިން ހިއްސާވާ ކުންފުނިތައް ކަމަށާއި، މި ކުންފުނިތަކުން ތަރައްގީކުރާ ހައުސިންގ އަކީ މެދުފަންތީގެ އާމްދަނީ ލިބޭ އާއިލާތަކަށް ބޭންކް މޯގޭޖް ފައިނޭންސް މެދުވެރިކޮށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ހޯދައިދިނުމަށް ހިންގޭ ފުރަތަމަ މަޝްރޫއު ކަމަށެވެ.

މި މަޝްރޫއުގެ ދަށުގެ ހައުސިންގ އެޅުމަށް ހަވާލުކޮށްފައިވާ ކުންފުނި ތަކަކީ:

  1. އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  2. ޖޭވީ ޕާޓްނާޝިޕް – ވަން ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް އަދި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  3. އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  4. ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ)
  5. ޖޭވީ ޕާޓްނާޝިޕް – ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑް، އޮކްސްރޯ ޕްރައިވެޓް ލިމިޓެޑް، ސޮލެކްސް ޕްރައިވެޓް ލިމިޓެޑް އަދި ބީވާ ބިލްޑާސް ޕްރައިވެޓް ލިމިޓެޑް

މި މަޝްރޫއުގެ ދަށުން އިމާރާތްތަކުރާ 2 ކޮޓަރީގެ ފްލެޓް ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާ ކަމަށާއި، 3 ކޮޓަރީގެ ފްލެޓް ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ހައުސިންގ މިނިސްޓްރީން ވަނީ މި 5 ޑިވެލޮޕަރުންނަށް ކޮންމެ ފަރާތަކަށްވެސް ހައުސިންގ ޔުނިޓް އިމާރާތްތަކުރުމަށްޓަކައި ބިން ހަވާލުކޮށްފައެވެ. އަދި މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ހައުސިންގ ޔުނިޓްތަށް 30 މަސްދުވަހުގެ ތެރޭގައި ނިންމަންޖެހޭނެ ކަމަށްވެސް ހައިސިންގ މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ ހުރިހާ ފްލެޓެއްވެސް ވިއްކުމަށް ހަމަޖެހިފައިވަނީ ސަރުކާރުން އިއުލާންކޮށް އެޕްލިކޭޝަން ބަލައިގަނެފައިވާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ފޯމު ހުށަހަޅައި، އޭގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އެކަންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *