އެއމްޓީސީސީން ކުރިއަށްގެންދާ ގިރިފުށި ބިންހިންކުމުގެ މަޝްރޫއު ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެއމްޓީސީސީ) އިން ކުރިއަށްގެންދާ ގިރިފުށި ބިންހިންކުމުގެ މަޝްރޫއު ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ކ. ގިރިފުށީ ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށްދާ ސަރަޙައްދަށް ވަޑައިގަތުމުން އެ މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ތަފްސީލް އެމްޓީސީސީގެ ސީއީއޯ ސައުދީ ވަނީ އެ މަނިކުފާނަށް ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ގިރިފުށި ބިންހިއްކާ ސަރަހައްދު ބައްލަވައިލެއްވުމަށް ވަޑައިގެންނެވީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް) ގެ 72 އަދި 73 ވަނަ އަސާސީ ތަމުރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް އިއްޔެ ގިރިފުއޓަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފޭސްގައި މިހާރު ގިރިފުށީގައި އޮތް 5.7 ހެކްޓަރުގެ ބިމުގެ ތެރެއަށް 13.3 ހެކްޓަރުގެ ބިން އިތުރުކުރެވިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *