ރާއްޖެތެރޭގައި 2100 ހައުސިންގ ޔުނިޓް ތަރައްގީކޮށްދޭނެ ބަޔަކުހޯދަން އިއުލާނުކޮށްފި

ރާއްޖެތެރޭގެ 13 ރަށެއްގައި 2100 ހައުސިން ޔުނިޓް އިމާރާތްކޮށްްދޭނެ ފަރާތްތަކެއް ހޯދަން ހައުސިންގ މިނިސްޓްރީން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް އެކަނި ކުރިމަތިލެވޭ ގޮތަށް ހުޅުވާލާފައިވާ މި ބީލަމުގައި އަތޮޅުތެރޭގެ 13 ރަށެއްގައި ހައުސިންގ ޔުނިޓް އިމާރާތްކުރާ އިރު މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ހައުސިންގ ޔުނިޓްތަކަކީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން "ބިލްޑް-އެންޑް-ސެލް" މޮޑެލްގެ ދަށުން އިންޖިނިއަރިންގް، ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން އުސޫލުން އިމާރާތްކުރާ ހައުސިންގ ޔުނިޓްތަކެއްކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތު ދެއެވެ.

ހައުސިން ޔުނިޓްތައް ތަރައްޤީ ކުރާ ރަށްތައް:

  1. ހއ. ހޯރަފުށި: 100 ހައުސިން ޔުނިޓް
  2. ރ. އުނގޫފާރު: 100 ހައުސިން ޔުނިޓް
  3. ބ. ތުޅާދޫ: 50 ހައުސިން ޔުނިޓް
  4. ޅ. ނައިފަރު: 300 ހައުސިން ޔުނިޓް
  5. މ. މުލި: 100 ހައުސިން ޔުނިޓް
  6. ދ. މީދޫ: 100 ހައުސިން ޔުނިޓް
  7. ލ. ގަން: 200 ހައުސިން ޔުނިޓް
  8. ތިނަދޫ ސިޓީ: 300 ހައުސިން ޔުނިޓް
  9. ފުވައްމުލައް ސިޓީ: 300 ހައުސިން ޔުނިޓް
  10. އައްޑޫ ސިޓީ ހިތަދޫ: 300 ހައުސިން ޔުނިޓް
  11. އައްޑޫ ސިޓީ ފޭދޫ: 200 ހައުސިން ޔުނިޓް
  12. އައްޑޫ ސިޓީ މަރަދޫ ފޭދޫ 25 ހައުސިން ޔުނިޓް
  13. އައްޑޫ ސިޓީ މަރަދޫ: 25 ހައުސިން ޔުނިޓް

ފައިސާ ހޯދުމާއި، ކުރެހުން ތައްޔާރުކުރުމާއި، އިމާރާތްކުރުމުގެ ހުރިހާ ޒިންމާއެއް ބިޑް ކާމިޔާބުކުރަ ފަރާތްތަކުން އުފުލަންޖެހޭގޮތަށް ހަމަޖެހިފައިވާ  މި މަޝްރޫއއުގެ ބިޑް ކާމިޔާބުކުރާ ފަރާތްތަކުން ސަރުކާރުން ހިލޭ ބިން ހަވާލުކުރާތާ 2 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ޔުނިޓްތައް ހަވާލުކުރަންޖެހެ އެވެ.

މި މަޝްރޫގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. އަދި އެތަންތަނުގައި ޕާކް ކުރެވޭނެ އިންތިޒާމްތަކާއި އިމާރާތުގެ އެންމެ ތިރީގައި ވިޔަފާރީގެ ބޭނުންމަށް ޖާގަ ހަދަން ޖެހެއެވެ.

ހައުސިންގ މިނިސްޓްރީން ބުނީ ކޮންމެ ކުންފުޏަކަށްވެސް އެއް ރަށަށްވުރެ ގިނަ ރަށުގައި ހައުސިންގ ޔުނިޓް ތަރައްގީކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، މި މަސްރޫއުގެ ދަށުން އިމާރާތްކުރާ 60 އިންސައްތަ ހައުސިންގ ޔުނިޓް ވިއްކަންޖެހޭނީ ސޯޝަލް ހައުސިންގްގެ ގޮތުގައި ކަމަށެވެ. އަދި ބާކީ 40 އިންސައްތަ ހައުސިންގ ޔުނިޓް މާކެޓް ރޭޓްގައި ވިއްކޭނެ ކަމަށްވެސް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

މި އެޕާޓްމަންޓްތަކުގެ ބޮޑުމިނުގައި މަދުވެގެން 900 އަކަފޫޓު ހުންނަންޖެހޭނެ ކަމަށާއި، އެޕާޓްމަންޓެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 1.5 މިލިޔަން ރުފިޔާ ކަމަށާއި، ކޮންމެ އެޕާޓްމަންޓަކަށް ސައިކަލް ޕާކުކުރާނެ ހިލޭ ޖާގައަކާއި ކާރު ޕާކިންގް ޖާގަ ވަކިން ވިއްކުމުގެ ފުރުސަތު ޑިވެލޮޕަރުންނަށް އޮންނާނެ ކަމަށްވެސް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *