ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުން މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މުއްދަތެއް ކަނޑައަޅައި އެކަން ކުންފުނިތަކަށް އަންގައިފި އެވެ.
ކުރިއަށް އޮތް ތިން މަސް ތެރޭގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރަން
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް މި އަހަރުގެ އޭޕްރީލް މަހު ކުންފުނިތަކަށް ޕީސީބީ އިން އެންގި އެންގުމާ ހަވާލާދީ ކުންފުނިތަކަށް އެ ބޯޑުން މިއަދު އެންގި އެންގުމުގައި ބުނެފައިވަނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް 3 މަސް ދުވަހުގެ ނިއަލަށް ކުންފުނިތަކުގެ މުވައްޒަފުން 33 އިންސައްތަ މަދުކުރަން އަންގާ ކަމަށެވެ.