42 ރަށުގައި ފިޓްނަސް ސެންޓަރ ގާއިމްކުރުމަށް ބޭނުންވާ ސާމާނު އިންޑިއާއިން ފޯރުކޮށްދެނީ

42 ރަށުގައި ފިޓްނަސް ސެންޓަރ ގާއިމްކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮސްދިނުމަށް އިންޑިއާއިން އެހީވުމަށްޓަކައި އެއްބަސްވުމެއް ގާއިމްކޮސްފި އެވެ.

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން 42 ރަށެއްގައި ގާއިމުކުރާ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމަށްޓަކައި އެގައުމުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

ފޮރިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިންގ މިނިސްޓަރ އިރުތިޝާމް އާދަމްއެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖީ. ބާލަސުބްރަމާނިއަންއެވެ.

މި ރަސްމިއްޔާތުގައި ފޮރިންގ މިނިސްޓަރ އިރުތިޝާމް ވަނީ ފިޓްނަސް އެންޑް ރިކުރިއޭޝަން ސާމާނު ލިބިގެންދިއުމަކީ ރަށްރަށުގެ ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށް ވިދާޅުވެފައެވެ.

އަދި މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޕޯޓްސް މިނިސްޓަރ ޢަބްދުﷲ ރާފިއު ވިދާޅުވީ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަކީ އިޖުތިމާއީ ގުޅުން ބަދަހިކޮށްދޭ، މުޖުތަމައުގެ ދުޅަހެޔޮކަމަށް މަސައްކަތްކުރާ މުހިންމު މަރުކަޒުތަކަކަށް ވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ހުރިހާ އުމުރުފުރައެއްގެ މީހުންނަށް، ރެކްރިއޭޝަނަލް ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފުޅާވެގެންދާނެކަމަށްވެސް މިނިސްޓަރ ރާފިއު ވިދާޅުވި އެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި އިންޑިއާގެ ހައިކޮމިޝަނަރު ވިދާޅުވީ މި ޕާޓްނަރޝިޕް ބިނާވެފައި ވަނީ އިތުބާރާއި އެކުވެރިކަމުގެ މައްޗަށް ކަމަށާއި ކުޅިވަރުގެ ދާއިރާއިން ހިންގާ މިފަދަ މިފަދަ މަޝްރޫޢުތަކުގެ ސަބަބުން އަތޮޅުތެރޭގެ ރަށްރަށުގައި އުޅޭ ފަރާތްތަކަށްވެސްބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *