އިންޑިއާ ބަޔަކު ވައިގެ މަގުން ރާއްޖެ އެރެތެކުރަން އުޅުނު 5.5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

އައްޑޫ ސިޓީ ގަން އިންޓަރނޭޝަންލް އެއާޕޯޓު މަގުން ރާއްޖެ އެތެރެކުރަންއުޅުނު 5.5 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ މި މަހުގެ 18 ވަނަ ދުވަހު އައްޑޫ ސިޓީ ގަން އިންޓަރނޭޝަންލް އެއާޕޯޓަށް ޖެއްސި ފުލައިޓަކުން ރާއްޖެއައި އިންޑިއާ 2 މީހެއްގެ ލަގެޖް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.

އަދި އެ 2 މީހުންގެ ލަގެޖު ޗެކްކުރީ ކަސްޓަމްސް އޮފިސަރުންނަށް ޝައްކުކުރެވިގެން ކަމަށާއި، ބަލައި ފާސްކުރުމުގެ ތެރޭގައި އަތުލައިގަތް މަސްތުވާތަކެތީގެ ތަފްސީލަށް ބަލާއިރު، ދެ ބާވަތެއްގެ ކެނަބިސް ފެނިފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.

އޭގެ ތެރޭގައި 1،975 ގްރާމުގެ ކެނަބިސް އާއި، 3،565 ގްރާމުގެ ކެނަބިސް ހިމެނޭ ކަމަށާއި، މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 5.5 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 4.4 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށްވެސް ކަސްޓަމްސްއިން ލަފާކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *