އަހަރަކަށްވުރެ ކުރިން ނައިފަރު ބިންހިއްކުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އިން ނިންމައިފި

ޅ ނައިފަރު ބިންހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓްިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

2025 ވަނަ އަހަރުގެ ސެޕްޓެމްބަރު އެމްޓީސީސީ އާއި ޙަވާލުކުރި މި މަސައްކަތް ނިންމަން ދީފައިވަނީ 1 އަހަރާއި 9 މަސް ދުވަހުގެ މުއްދަތެކެވެ. ނަމަވެސް މަސައްކަތް ހަވާލުކުރިތާ އަހަރެއް ނުވަނީ އެމްޓީސީސީ އިން ވަނީ ނައިފަރުގެ ބިންހިއްކުމުގެ މަސައްކަތް އެއްކޮށްް ނިންމާލާފައެވެ.

ދައުލަތުގެ ބަޖެޓުން 679 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްެރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިދިޔަ އަހަރުގެ އޮކޓޯބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު އެވެ.

ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސްހިމެނޭ މި މަޝްރޫއުގެ ތެރޭގައި 44.8 ހެކްޓަރުގެ ބިން ހިއްކުމާއި، ގޮނޑުދޮށް ޙިމާޔަތްކުރުމަށްޓަކައި 1813 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 803 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި، އަދި 474 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިން ޖެހުން ހިމެނެއެވެ.

އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބުނީ މިހާރު އެ މަޝްރޫއުގެ ތެރޭގައި ހިމެނޭ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާއިރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 24 އިންސައްތަ މަސައްކަތްވެސް މިހާރު ނިމިފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *