ލޭންޑިންކްރާފްޓެއް އަޑިއަށްގޮސް 2 މީހަކު ގެއްލިއްޖެ

ގާފަރު ކައިރިން ދަތުރުކުރި ލޭންޑިންކްރާފްޓެއް ދިޔަވެ އަޑިއަށް ދިއުމުގެ ހާދިސާއެއްގައި 2 މީހަކު ގެއްލިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ތިލަފުށިން ފުރައިގެން ދަތުރުކުރަމުންދިޔާ ލޭންޑިންކްރާފްޓެއް ގާފަރު ކައިރިން ދިޔަވެ އަޑިއަށް ދިޔަ ހާދިސާއެއްގެ މައުލޫމާތު މިއަދު ހެނދުނު 8:48 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށާއި، އަދި އެ ލޭންޑިންކްރާފްޓުން ދަތުރުކުރި 2 ބިދޭސީއަކު ގެއްލިފައިވާތީ އެމީހުން ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.

މި ހާދިސާ ހިނގި ވަގުތު އެ ލޭންޑިން ކްރާފްޓުގައި ޖުމްލަ 10 މީހުން ދަތުރުކުރަމުން ދިޔަ ކަމަށް ފުލުހުން ބުނެއެވެ. އެ މީހުންގެ ތެރެއިން އަށް މީހަކު މިހާރު ވަނީ ފެނިފައި ކަމަށާއި ނަމަވެސް ބާކީ ތިބި ދެ މީހުން އަދިވެސް ނުފެންނާތީ އެ ދެ މީހުން ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް ފުލުހުން ބުނެއެވެ.

މިއަދު ހެނދުނުން ފެށިގެން މިއަދުގެ 15:30 އަޑް މާލެ ސަރަހައްދަށް 25 މޭލާއި 35 މޭލާ ދެމެދުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ޔެލޯ އެލާޓް ނެރެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *