އަމީނީމަގު މަރާމާތުގެ މަސައްކަތް މާދަމާ ފަށަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެ އެވެ.
ފުލުހުން އެކްސްގައި ކޮށްފައިވާ ޕޯށްޓްގައި ބުނެފައިވަނީ އަމީނީމަގު މަރާމާތް ކުރުމުގެ މަސައްކަތުގެ ފުރަތަމަ ސެގްމަންޓް 2026 އޮގަސްޓް 2 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
އެހެންކަމުން، 2026 އޮގަސްޓް 2 ވަނަ ދުވަހުގެ ރޭ 00:00 އިން ފެށިގެން، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެވި، އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެ ކަމަށެވެ.
އަދި މި ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައްވެސް އެ ސަރަހައްދުން ނެންގެވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްްފައެވެ.
އަމީނީމަގު މަރާމާތް ކުރުމުގެ މަސައްކަތުގެ ފުރަތަމަ ސެގްމަންޓް 2026 އޮގަސްޓް 2 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އެހެންކަމުން، 2026 އޮގަސްޓް 2 ވަނަ ދުވަހުގެ ރޭ 00:00 އިން ފެށިގެން، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ޗާޓުގައިވާ ގޮތަށް ބަދަލު ގެނެވި، އާންމު ދަތުރުފަތުރަށް… pic.twitter.com/7a0P2oQOpw
— Maldives Police (@PoliceMv) August 2, 2026
މިދިޔަ ސަރުކާރުން ތަރައްޤީކޮށްފައިވާ އަމީނީމަގުގެ ހުޅަނގު ކޮޅުން އެކި ތަންތަނުން ތާރުގަނޑު އުފުލި އެމަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެހެންކަމުން އަމީނީމަގު މަރާމަތު ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ޖޫން މަހުގެ 15 ވަނަ ދުވަހު އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައިވެއެވެ.