މާފަރު އެއަރޕޯޓު ތަރައްޤީ ކުރުމާއި ގުޅޭގޮތުން އަބޫދާބީ ފަންޑާ މަޝްވަރާ ކޮށްފި

މާފަރު އިންޓަނޭޝަނަލް އެއަރޕޯޓު އިތުރަށް ތަރައްޤީ ކުރުމާއި ގުޅޭގޮތުން އަބޫދާބީ ފަންޑާއެކު ދިވެހި ސަރުކާރުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

ސިވިލްއޭވިއޭޝަން މިނިސްޓަރ މުޙައްމަދު އަމީން އާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް އަށް ރާއްޖެއިން ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ތޯރިގު އިބްރާހިމް އަބޫދާބީ ފަންޑުގެ އިސްވެރިންނާއެކު ބޭއްވި މި ބައްދަލުވުމުގައި އެ ފަންޑުގެ އެހީގައި ތަރައްގީކޮށްފައިވާ މާފަރު އެއާޕޯޓް އިތުރަށް ތަރައްގީކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮސްފައެވެ.

އަދި މިހާރުވެސް އެ އެއާޕޯޓުގެ 2 ވަނަ ފިޔަވަހީގެ މަސައްކަތް ކުރަމުންއަންނައިރު އެ ސަރަހައްދުގެ ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް އެ އެއާޕޯޓު ތަރައްގީކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ވަނީ މަޝްވަރާ ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *