މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރުމާއި، ވިއްކުމުގެ ތުހުމަތުގައި ށ. މިލަންދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކޮށް ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ށ. މިލަންދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މަހުގެ މަހުގެ 2 ވަނަ ދުވަހު މިލަންދޫ ފުލުހުން ހިންގި އޮޕަރޭޝަންގައި ށ. މިލަންދޫ / ޖަވާހިރުވިލާ، އަޙްމަދު ނަވީން (21އ) ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރުކޮޅެއް ފެނިފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައި ކަމަށްވެސް ފުލޔހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *