2.9 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ދިރުވާލައިގެން އެތެރެކުރަން އުޅުނު މީހަކު އަތުލައިގެންފި

ދިރުވާލައިގެން 2.9 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު މޯލްޑިވްސް ކަސްޓަމްސް ސާވިސް (ކަސްޓަމްސް) އިން އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން އެކްސް ގައި ބުނެފައިވަނި މިދިޔަ ޖުލައިމަހުގެ 19 ވަނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވައިގެމަގުން ރާއްޖެއައި މީހަކު ޖުމްލަ 1180 ގުރާމުގެ 66 ބްލެޓް ދިރުވާލައިގެން ރާއްޖެ އެތެރެކުރަން މަސައްކަތްކޮށްފައިވާ ކަމަށާއި، އަދި އެމީހާ ހައްޔަރުކޮސް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

އަދި އެ މީހާގެ ހަށިގަނޑުތެރެއިން ފެނިފައިވާ މަސްތުވާތަކެތީގެ މަގުމަތީ ޖުމްލަ އަގު 2.9 މިލިއަން ރުފިޔާއަށް އަރާނެ ކަމަށްވެސް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *