ހައިކޯޓުގެ ފަނޑިޔާރު އިބްރާހިމް މާހިރު، ރިޓަޔާކުރަން ނިންމަވައިފި

ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އިބްރާހިމް މާހިރު، ރިޓަޔާކުރައްވަން ނިންމަވައި އެކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރެއްވި މާހިރު ފަނޑިޔާރުކަމުން ރިޓަޔަރ ކުރައްވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވުމުން އެ ކޮމިޝަނުން މާހިރުގެ ރިޓަޔަރމަންޓް ވަނީ ބަލައިގެންފައެވެ.

އަދި އެ ކޮމިޝަނުން އޭނާގެ ރިޓަޔަރަމަންޓް ބަލައިގަތުމާ ގުޅިގެން އަންނަ މަހުގެ 6 ވަނަ ދުވަހުން ފެށިގެން ފަނޑިޔާރު މާހިރު ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ރަސްމީކޮށް ރިޓަޔަރ ވާނެ އެވެ..

މާހިރު ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވިއިރު ހުންނެވީ ފެމިލީ ކޯޓުގެ އިސް ގާޒީގެ މަޤާމުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *