ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީން ނަގާ 50 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ން ނަގާ 50 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

"އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް" ހިންގުމަށްޓަކައި އޭޑީބީ އިން ނަގ 50 މިލިޔަން އެމެރިކާ ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، ފިނޭންސް މިނިސްޓަރ ޙަސަން ޒަރީރު އާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، (އެސްޓީއޯ)ގެ ފަރާތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ޝިމާދު އިބްރާހީމް އެވެ.

އެސްޓީ އާއި ފިނޭންސް މިނިސްޓްރީއާއެކު ވަކިވަކިން އޭޑީބީ އިން ހެދި މި އެއްބަސްވުންތަކުގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ފަރާތުން ސޮއިކުރެއްވީ، އެ ބޭންކުގެ ރީޖަނަލް ހެޑް އޮފް ރީޖަނަލް ކޯޕަރޭޝަން އެންޑް އިންޓިގްރޭޝަން ޔުނިޓް، ޑރ. ތިއަމް ހީ އަންގްއެވެ.

50 މިލިއަން ޑޮލަރުގެ ލޯނެއް އެ ބޭންކުން ރާއްޖެއަށް ދޭން ނިންމާފައިވާކަން އެ ބޭންކުން މިއަދު ވަނީ ހާމަޖކޮށްފައެވެ. އަދި އެ ބޭންކުން ބުނީ ރާއްޖެއަށް ދޫކުރަން ނިންމި އެލޯނަކީ ތެލުގެ އިމްޕޯޓަށް އެހީތެރިވެދީ، ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހިންގާ އެނާޖީ ސެކިއުރިޓީ އިމަޖެންސީ އެސިސްޓެންޓް ޕްރޮޖެކްޓްގެ ދަށުން ދޫކުރާ ލޯނެއް ކަމަށެވެ.

އޭޑީބީ އިން މި ލޯނު ދޫކުރަން ނިންމާފައި މިވާ ދަނޑިވަޅަކީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލިފައިވާ ދަނޑިވަޅެއް ކަން ފާހަގަކުރެވެއެވެ. އަދި އެ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީ ކަނެކްޝަން ފްލައިޓްތަކުން ރާއްޖެއަށް ދަތުރުތައް ކުރުން ވަރަށްބޮޑަށް މަދުވެފައިވާއިރު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ނިސްބަތްވެސް ވަނީ ދަށަށް ގޮސްފައެވެ.

2024 ވަނަ އަހަރުވެސް އެ ބޭންކުން ރާއްޖެއަށް ވަނީ 4 މިލިއަން ޑޮލަރުގެ ލޯނެއް ދޫކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *