ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީ އެ މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޕީސީބީން އެކްސްގައި ކޮސްފައިވާ ޕޯސްޓްގައި ބުނެފައިވަނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމުންނާއި، ބޯޑު މެންބަރުކަމުގެ މަޤާމުން ގ.ގޯލްޑަންހައުސް، އިބްރާހީމް ޝިޢުރީ އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީވެ، އިސްތިއުފާ ޤަބޫލުކޮށް އެ މަޤާމުން އޭނާ 24 އޮގަސްޓް 2026 ގައި ވަކިކޮށްފައިވާ ކަމަށެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމުންނާއި، ބޯޑު މެންބަރުކަމުގެ މަޤާމުން ގ.ގޯލްޑަންހައުސް، އިބްރާހީމް ޝިޢުރީ އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީވެ، އިސްތިއުފާ ޤަބޫލުކޮށް އެ މަޤާމުން ވަނީ 24 އޮގަސްޓް 2026 ގައި ވަކިކޮށްފައި
— Privatization & Corporatization Board (@pcb_gov) August 24, 2026
ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝިއުރީ އައްޔަނުކޮސްފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހު އެވެ.