މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ އިންޖިނިއަރިންގ އާއި މަރާމާތުގެ ވިޔަފާރީގެ ފައިދާ 2025 ވަނަ އަހަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް އެ ކުންފުނީ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކައިފި އެވެ.
އެކުންފުނީގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، އެ ކުންފުނީގެ އިންޖިނިއަރިންގ އަދި އެހެނިހެން ޚިދުމަތްތަކުގެ ހިންގުމުގެ ފައިދާއަށް 2025 ވަނަ އަހަރުވަނީ 20 މިލިއަން ރުފިޔާއަށް ލިބިފައެވެ.
އެކުންފުނީގެ އެ ކުންފުނީގެ އިންޖިނިއަރިންގ އަދި އެހެނިހެން ޚިދުމަތްތަކުގެ ހިންގުމުގެ ފައިދާއަށް 2024 ވަނަ އަހަރު ލިބިފައިވަނީ 7 މިލިއަން ރުފިޔާ އެވެ. އެހެންކަމުން 2024 ވަނަ އަހަރާ އަޅާބަލާއިރު 2025 ވަނަ އަހަރު ވަނީ އެ ކުންފުނީގެ އިންޖިނިއަރިންގ އަދި އެހެނިހެން ޚިދުމަތްތަކުގެ ހިންގުމުގެ ފައިދާ 65 އިންސައްތަ އިތުރުވެފައެވެ.
އަދި މި ކުރިއެރުމަކީ ވިޔަފާރީގެ އުސޫލުން ޑޮކިންގ އަދި މަރާމާތުގެ މަސައްކަތްތައް ފުޅާކުރުމާ ގުޅިގެން ލިބުނު ކުރިއެރުމެއްކަމަށްވެސް އެ ކުންފުނީގެ އަހަރީ ރިޕޯޓުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެ ކުންފުނީގެ އިންޖިނިއަރިންގ އަދި އެހެނިހެން ޚިދުމަތްތަކުގެ ތެރެއިން ޖުމްލަ 1،517 ސަރވިސް ޖޮބް ފުރިހަމަކޮށްފައިވާކަމަށާއި އޭގެ ތެރެއިން 333 ޖޮބަކީ ބޭރުގެ (އެހެން ފަރާތްތަކުގެ) ކަސްޓަމަރުންނަށް ކޮށްދީފައިވާ މަސައްކަތްތަށް ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.