Advertisement
BML Home 2nd Ad

ތައުބާވާނީ ކިހިނެއް؟

ސުވާލު: ފާފައެއް ކުރެވުމުން ތައުބާވާނީ ކިހިނެއްތޯ؟ ތައުބާވާއިރު ކުރަންޖެހޭ ޚާއްޞަ ކަމެއް ކިޔަންޖެހޭ ޚާއްޞަ ދުޢާއެއް ނުވަތަ ކުރަންޖެހޭ ޚާއްޞަ ނަމަދެއް އޮވޭތޯ؟

ޖަވާބު: الحمد لله والصّلاة والسّلام على رسول الله. ތައުބާގެ މާނައަކީ އެނބުރި އައުމެވެ. ފާފަކުރެވުނު މީހާ ފާފަކުރެވުމުގެ ކުރީން ހުރި ޙާލަތަށް އެނބުރި އައުމެވެ. ތައުބާއަކީ ހިތުގެ ޢަމަލެކެވެ. އަދި އެ ޢަމަލުގެ ތެދުކަން ކަށަވަރުވާނީ ހަށިގަނޑުގެ ޢަމަލުންނެވެ. ތައުބާވުމަށްޓަކައި އަންނަނިވި ކަންކަން ކުރީމާ ތައުބާ ވެވުނީއެވެ.

Advertisement
Etukuri Inside ad 300x300 Desktop

ފުރަތަމަކަމަކަށް ކުރަމުން އައި ފާފަ ހުއްޓާލުމެވެ.

ދެވަނަ ކަމަކަށް ފާފަ ކުރެވުނު ކަމުގެ މައްޗަށް ދެރަވެ ހިތާމަކުރުމެވެ.

ތިންވަނަ ކަމަކަށް ދެވަނަ ފަހަރަށް ފާފައަށް އަރައި ނުގަތުމަށް ޢަޒުމް ކަނޑައެޅުމެވެ.

ހަތަރުވަނަ ޝަރްޠު އަންނާނީ ކުރެވުނު ފާފައަކީ މީހެއްގެ ޙައްޤު ހިމެނޭ ފާފައެއް ނަމައެވެ. އެފަދަ ޙާލަތެއްގައި އެމީހެއްގެ ޙައްޤު އަދާކުރަން ޖެހޭނެއެވެ. ނުވަތަ އެމީހާގެ ކިބައިން މަޢާފަށް އެދެން ޖެހޭނެއެވެ. މަޢާފަށް އެދުމުގެ ސަބަބުން މަޞްލަޙަތު ގެއްލި، އިތުރު ފަސާދައަކަށް މަގުފަހިވެދާނެ ކަމަށް ޤަބޫލުކުރެވޭ ޙާލަތްތަކުގައި މަޢާފަށް ނޭދި އެމީހަކަށްޓަކައި ހެޔޮދުޢާ ކުރާނީއެވެ. މި މިންވަރު ހާސިލްކުރެވުމުން ތައުބާ ވެވުނީއެވެ.

ތައުބާ ނަމާދާ މެދު ދަންނައެވެ. އަންނަނިވި ޙަދީޘްގެ އަލީގައި ޢިލްމުވެރިން ވަނީ ތައުބާނަމާދު އެއީ އިސްލާމްދީނުގައ އޮންނަ ނަމާދެއްކަމަށް އިޖްމާޢުވެވަޑައިގެންފައެވެ. އެކަމަކު އެ ނަމާދު ކުރުން އެއީ ތައުބާ ޞައްޙަވުމުގެ ޝަރްޠުތަކުގެ ތެރެއިން ޢިލްމުވެރިން ނުހިމަނުއްވައެވެ. އޭގެ މާނައަކީ އެ ނަމާދު ނުކުރިޔަސް އެމީހާގެ ތައުބާ ޞައްޙަވުމެވެ.

عن أبي بَكْرٍ الصديق رَضِيَ اللَّهُ عَنْهُ أَنَّهُ قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُمَا مِنْ عَبْدٍ يُذْنِبُ ذَنْبًا فَيُحْسِنُ الطُّهُورَ، ثُمَّ يَقُومُ فَيُصَلِّي رَكْعَتَيْنِ، ثُمَّ يَسْتَغْفِرُ اللَّهَ إِلَّا غَفَرَ اللَّهُ لَهُ، ثُمَّ قَرَأَ هَذِهِ الْآيَةَوَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنْفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَنْ يَغْفِرُ الذُّنُوبَ إِلَّا اللَّهُ وَلَمْ يُصِرُّوا عَلَى مَا فَعَلُوا وَهُمْ يَعْلَمُونَ روى أبو داود (1521)صححه الألباني في صحيح أبي داود.

އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާތީ ތިމަން އަޑުއެއްސެވީމެވެ. “އަޅަކަށް ފާފައެއް ކުރެވުމުން، ފުރިހަމަގޮތުގައި ޠާހިރުވެ، އެއަށްފަހު ތެދުވެ ދެރަކްޢަތްކޮށް، އޭގެ ފަހުގައި އޭނާގެ ފާފަ ފުއްސެވުން އެދި މާތް ﷲ އަށް ދަންވައިފިނަމަ، މާތް ﷲ އޭނާގެ ފާފަ ނުފުއްސަވާނޭ އެއްވެސް އަޅަކު ނުވެއެވެ.” ދެން އެއަށްފަހު އެކަލޭގެފާނު މި އާޔަތް ކިޔަވާ ވިދާޅުވިއެވެ. وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنْفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَنْ يَغْفِرُ الذُّنُوبَ إِلَّا اللَّهُ وَلَمْ يُصِرُّوا عَلَى مَا فَعَلُوا وَهُمْ يَعْلَمُونَ މާނައީ: “އަދި، އެއުރެންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކޮށްފިނަމަ، ނުވަތަ، އެއުރެންގެ ނަފްސުތަކަށް އަނިޔާވެރިވެއްޖެނަމަ، (އެބަހީ: ކިތަންމެ ކުޑަނަމަވެސް ފާފައެއް ކޮށްފިނަމަ) اللَّه ހަނދުމަކޮށް، އެއުރެންގެ ފާފަތައް ފުއްސެވުންއެދި ދުޢާކޮށް އުޅޭމީހުންނެވެ. اللَّه ފިޔަވައި ފާފަފުއްސަވާނީ ފަހެ، ކާކުހެއްޔެވެ. އަދި، އެއުރެން ދެނެތިބި ޙާލު އެއުރެން ކުޅަ ކުށުގެ މަތީގައި ދެމިއެއް ނުތިބެއެވެ.”

ތައުބާ ނަމާދު ކުރަން ބޭނުންވާ މީހާ، ދެރަކްޢަތުގެ ސުންނަތް ނަމާދެއް ކުރާނީއެވެ. އެ ނަމާދުކުރާނީ ހަމަ އެހެން ނަމާދުތައް ކުރާ ބީދައިންނެވެ. ވަކި ޚާއްޞަ ސޫރަތެއް ވަކި ޚާއްޞަ ދުޢާއެއް، ޚާއްޞަ ވަގުތެއް ނޯވެއެވެ.

ތައުބާވުމަކީ މާ ﷲ ގެ ޙަޟްރަތަށް ރުޖޫޢަވެ، ފާފަ ފުއްސެވުން އެދި ދެންނެވުމެވެ. ވީމާ ތައުބާވާ މީހާގެ މައްޗަށް ވަނީ ވީހާ ގިނައިން އިސްތިޣްފާރުކުރުމެވެ. އިސްތިޣްފާރު ކުރުމުގެ އެންމެ ފަސޭހަ ޢިބާރާތްތަކަކީ

أَسْتَغْفِرُ اللهَ

މިއަޅާގެ ފާފަ ފުއްސަވައިދެއްވުން އެދި ﷲ އަށް ދަންނަވަމެވެ.

أَسْتَغْفِرُ اللهَ وَأَتُوبُ إِلَيْهِ

މިއަޅާގެ ފާފަ ފުއްސަވައިދެއްވުން އެދި ﷲ އަށް ދަންނަވަމެވެ. އަދި މިއަޅާ އެއިލާހަށް ތައުބާވަމެވެ.

********

والله أعلم

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add